ރަށެއްގެ ޕާކެއްގައި ކުޑަކުދިންތަކެއް ކުޅެނީ --
އޮސްޓްރޭލިއާއިން ރާއްޖެއަށް ކުޑަކުދިންގެ ޕާކު ހަދާ ސާމާނު ދޭން ނިންމައިފި އެވެ.
މިތަކެތި ރާއްޖެއަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އެމްފާ) އާއި ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ގުޅިގެންނެވެ.
އެ އެސޯސިއޭޝަނުން ބުނީ ހަދިޔާ ކުރަން ނިންމާފައިވާ ޕާކު ހަދާ ސާމާނުތަކަކީ އޮސްޓްރޭލިއާގެ އާންމު ތަންތަނުން ބަދަލުކުރާ ސާމާނު ކަމަށެވެ. އެކަމަކު އެ ތަކެއްޗަކީ ރަނގަޅު ހާލަތުގައި ހުރި ތަކެތި ކަން ޔަގީން ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި އިސްނެގުމުގެ ދަށުން އޮސްޓްރޭލިއާގެ އާންމު ތަންތަނުން ނެގޭ ފެންވަރު ރަނގަޅު ޕްލޭގްރައުންޑް ސާމާނު ރާއްޖެއަށް ފޮނުވާ އަލުން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރުމަށް ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދައުވަތު ދީ އެ ފަރާތްތަކަށް އީމެއިލް ފޮނުވައިފައިވެއެވެ.
ބައިވެރިވާން ޝައުގުވެރިވާ ކައުންސިލްތަކުން ސާކިއުލާ ރަނގަޅަށް ކިޔުމަށް ފަހު އެ ސާމާނު އުފުލައި ބެހެއްޓޭނެ ގޮތާއި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހާމަކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ސިޓީ ހުށަހެޅުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް