ޚާމަނާއީގެ ޖަނާޒާއިން ޓްރަމްޕަށް ފެނުނީ އިރާނު ރައްޔިތުންގެ ލޮލުން "ފޭކު ކަރުނަ" ފައިބާތަން!

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާއިން ފެނިވަޑައިގަތީ ރައްޔިތުންގެ ލޮލުން "ފޭކު ކަރުނަ" ފައިބާތަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފި އެވެ. ޚާމަނާއީ އަވާހަކޮށްލީ...

05 Jul 2026 | 06:01
ޚާމަނާއީގެ ޖަނާޒާގައި އިރާން ރައްޔިތުންގެ ތަކެއް ހިތާމަފާޅު ކުރަނީ --

ޚާމަނާއީގެ ޖަނާޒާގައި އިރާން ރައްޔިތުންގެ ތަކެއް ހިތާމަފާޅު ކުރަނީ --

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާއިން ފެނިވަޑައިގަތީ ރައްޔިތުންގެ ލޮލުން "ފޭކު ކަރުނަ" ފައިބާތަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފި އެވެ.

ޚާމަނާއީ އަވާހަކޮށްލީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން އިރާނު ހަނގުރާމަ ފެށުމުގެ ގޮތުން ދިން ފުރަތަމަ ހަމަލާގައި އެވެ. ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވި ފަހުން ޚާމަނާއީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން ފަށާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ޓްރަމްޕް މީޑިއާގައި ބުނީ ޖަނާޒާ ވަރަށް ގާތުން އެއްވެސް މަންޒަރެއް އުނި ނުކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ދުނިޔޭގެ އެތައް ގައުމެއްގެ އިސް ބޭފުޅުންނާއި އީރާނުގެ ހުރިހާ ލީޑަރުންނާއި ގިނަ ރައްޔިތުން އެތަނުން ފެންނަ ކަމުންދާ ކަމަށް ބުންޏެވެ.

ޓްރަމްޕް ބުނީ އަތަނުން އޭނާއަށް ފެންނަމުންދާ އެންމެ ފޭކު މަންޒަރަކީ އީރާނުގެ އެތައް މިލިއަން ރައްޔިތުންގެ ލޮލުން ފައިބާ ކަރުނަ އެވެ. އޭނާއަށް އެނގިވަޑައިގެންނަވާ ގޮތުގައި ޚާމަނާއީއަކީ އީރާންގެ ރައްޔިތުންގެ މެދުގައި މާބޮޑު ތާއީދެއް އޮތް މީހެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ބުނީ ލިބިފައިވާ މައުލޫމާތާއި މަންޒަރަށް ބަލާއިރު ރައްޔިތުންގެ ލޮލުން ފައިބަމުންދަނީ "ފޭކު ކަރުނަ" ކަމަށް  ބުނެވިދާނެ ކަމަށެވެ.

އީރާނަކީ 93 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ދާދި ފަހުން މީޑިއާގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިރާންގައި ހިންގަމުންދާ ވެރިކަމާއި ދެކޮޅީ އެ ގައުމުގެ 10 މިލިއަން މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް