ބޭނުން ނަމަ ޚާމަނާއީގެ ޖަނާޒާގައި "އެއް ޝޮޓުން" އިރާނުގެ ހުރިހާ ލީޑަރުން މަރާލެވިދާނެ: ޓްރަމްޕް

އިރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާ ކުރިޔަށް ދަނިކޮށް ބޭނުން ނަމަ އިރާނުގެ މިހާރުގެ ހުރިހާ ލީޑަރުން މަރާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ. ޚާމަނާއީ...

05 Jul 2026 | 04:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --

އިރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާ ކުރިޔަށް ދަނިކޮށް ބޭނުން ނަމަ އިރާނުގެ މިހާރުގެ ހުރިހާ ލީޑަރުން މަރާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.

ޚާމަނާއީ އަވާހަކޮށްލީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން އިރާނު ހަނގުރާމަ ފެށުމުގެ ގޮތުން ދިން ފުރަތަމަ ހަމަލާގައި އެވެ. ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވި ފަހުން ޚާމަނާއީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން ފަށާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

މި ޖަނާޒާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަފުދުތައް ޖަމާވެފައިވާއިރު އެތައް މިލިއަން އިރާން ރައްޔިތުންވެސް ދަނީ ބައިވެރިވަމުންނެވެ. މި މަންޒަރު ޓްރަމްޕް އިންނަވަނީ ބައްލަވަން ކަމަށް އޭނާވިދާޅުވެފައިވެ އެވެ.

ޓްރަމްޕް ބުނީ އެ ޖަނާޒާއިން އޭނާއަށް ފެންނަނީ އީރާންގެ ހުރިހާ ލީޑަރުން އެއްތަނަކަށް ޖަމާވެފައިވާ މަންޒަރު ކަމަށެވެ. އެ މަންޒަރު ފެނުމުން ހިތަން އަރަނީ އެއް ޝޮޓުން އެންމެން މަރާލެވިދާނެ ކަންކަމަށެވެ.

އެކަމަކު އެހެން ނުހަދާނެކަން ފާޙަގަ ކުރައްވާ ޓްރަމްޕް ވިދާޅުޅުވީ އޭރުން މަޝްވަރާ ކުރާނެ ޖާގަ ނޯންނާނެ ކަމަށާއި ގައުމުތަކުގެ ޑިޕްލޮމަސީއަށްވެސް އިހުތިރާމް ކުރަން ވާނެ ކަމަށެވެ.

ޓްރަޕްމް ބުނީ އިރާނުން ދަނީ ދެ ގައުމުން ހަނގުރާމައިގެ އެއްބަސްވުމަކަށް އައުމަށް އާދޭސް ކުރަމުން ކަމަށެވެ. މިވަގުތު މަޝްވަރާތައް މަޑު ޖައްސާލާފައި ވަނީ ޚާމަނާއީގެ ޖަނާޒާ ކަންކަން ނިމެންދެން ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ މި ވާހަކަތަކާއި ގުޅިގެން އިރާނުން ވަނީ ހޫނު ރައްދެއް ދީފައި އެވެ. އީރާނުން ބުނީ އެފަދަ ކަންތައްތައް އެމެރިކާއަށް ނުވިސްނޭނެ ކަމަށާއި އެއީ އެމެރިކާ އަދި ޓްރަމްޕްގެ ތަހުޒީބެު، ތާރީހު އަދި ޝަރަފުވެސް ނެތީމަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް