ބޭހުގެ އަގަކީ 6,000 ނޫން، 2,977 ރުފިޔާ: ސްޓޭޓް ފާމާ

މީސްމީޑިއާގައި ދައުރުވަމުންދާ ކޮޓޭޝަނެއްގައި ހަ ހާސް ރުފިޔާއަށްވުރެ މަތީ އަގެއް ފެންނަ ބޭސްތަކުގެ ހަޤީޤީ އަގަކީ 2,977.15 ރުފިޔާ ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ. ސްޓޭޓް ފާމާގެ ޕީއާރް އެންޑް ކޮމިއުނިކ...

05 Jul 2026 | 04:50
ސްޓޭޓް ފާމާގެ އައިޖީއެމް ހޮސްޕިޓަލު ފާމަސީ ހުޅުވި ދުވަހުގެ މަންޒަރެއް - ފޮޓޯ: ސްޓޭޓް ފާމާ

ސްޓޭޓް ފާމާގެ އައިޖީއެމް ހޮސްޕިޓަލު ފާމަސީ ހުޅުވި ދުވަހުގެ މަންޒަރެއް - ފޮޓޯ: ސްޓޭޓް ފާމާ

މީސްމީޑިއާގައި ދައުރުވަމުންދާ ކޮޓޭޝަނެއްގައި ހަ ހާސް ރުފިޔާއަށްވުރެ މަތީ އަގެއް ފެންނަ ބޭސްތަކުގެ ހަޤީޤީ އަގަކީ 2,977.15 ރުފިޔާ ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.

ސްޓޭޓް ފާމާގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް އޮފިޝަލް ދާނިޝް ނިޒާމް ބުނީ، އިއްޔެ ހެނދުނު ސްޓޭޓް ފާމާ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް އެ ބޭސްތައް ދޫކޮށްފައިވާ ކަމަށާއި، އެ ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 ރުފިޔާ ކަމަށެވެ. އެއީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރ ސްލިޕަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ، ކުންފުނީގެ ލެޓަރހެޑްގައިވާ ކޮޓޭޝަންގައި ބޭހުގެ އަގު ހަ ހާސް ރުފިޔާއަށްވުރެ މަތީގައި ހުރީ، ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަމަށާއި، އެއީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.

އޭނާ ބުނީ، އާސަންދައިން ކަވަރު ނުކުރާ ބޭސްތަކަކީ ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށެވެ. އެހެންކަމުން، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ދޭހަވާ ގޮތަށް ފެތުރެމުންދާ ވާހަކައަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް