މިލަންދޫ އެއާޕޯޓު ބިން ހިއްކުން 31 ދުވަހުން ނިންމައިފިކަން ރައީސް ހާމަކުރައްވައިފި

ށ. މިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 31 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމައިފިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މުޢިއްޒު މ...

05 May 2026 | 03:39
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ހިމަނުއްވާފައިވާ ފޮޓޯއެއް -

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ހިމަނުއްވާފައިވާ ފޮޓޯއެއް -

ށ. މިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 31 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމައިފިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރައްވައިފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައިވާ ގޮތުން، މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މި އަހަރުގެ އެޕްރީލް ތިނެއްގައެވެ. އަދި މެއި ހަތަރެއްގައި އެ މަސައްކަތް ވަނީ ސައްތައިން ސައްތަ ފުރިހަމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމުލަ 21 ހެކްޓަރުގެ ބިން ހިއްކައިފައިވާ އިރު، ޖުމުލަ ޕްރޮޖެކްޓް ސަރަޙައްދުގެ ބޮޑުމިނަކީ 25.90 ހެކްޓަރެވެ. ރަށުގެ ކުރީގެ ބިމުން 4.9 ހެކްޓަރުގެ ސަރަޙައްދަކުން ގަސް ނަގައިފައިވެއެވެ. ބިން ހިއްކުމަށް ޖުމުލަ 1،134،534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާ ކަމަށް ރައީސްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ 35،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ "ކުއީން އޮފް ދަ ނެދަލެންޑްސް" ޑްރެޖަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް