ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ރައްޔިތުންގެ ލޯތްބާއި އިތުބާރު: އަލައިކާ

އިއްޔެ ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި މާލޭ ސިޓީ ކޮމިޓީގެ ރައީސާ ކަމުގެ ގޮނޑި ކާމިޔާބު ނުވި ނަމަވެސް، ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ލޯތްބަކީ އެންމެ ބ...

05 Apr 2026 | 06:57
މާލޭ ސިޓީ އތމ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އާޝިޔަތު އަލައިކާ އަދުނާން -

މާލޭ ސިޓީ އތމ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އާޝިޔަތު އަލައިކާ އަދުނާން -

އިއްޔެ ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި މާލޭ ސިޓީ ކޮމިޓީގެ ރައީސާ ކަމުގެ ގޮނޑި ކާމިޔާބު ނުވި ނަމަވެސް، ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ލޯތްބަކީ އެންމެ ބޮޑު ކާމިޔާބީ ކަމަށް އުސްތާޒާ އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލައިކާ ވިދާޅުވީ، މި ދަތުރަކީ ހަމައެކަނި މަޤާމެއް ހޯދުމުގެ ދަތުރެއް ނޫން ކަމަށާއި، ޢާއިލާތަކަށް ކަރާމާތްތެރި ދިރިއުޅުމެއް ހޯދައިދިނުމާއި، ހަމަހަމަ ފުރުޞަތާއި އިޤުތިޞާދީ ބާރުވެރިކަމަށް ވަކާލާތުކުރުމުގެ މަސައްކަތެއް ކަމަށެވެ. އެކަމަނާ ސިފަކުރެއްވި ގޮތުގައި އިޤުތިޞާދީ ބާރުވެރިކަމާއި މާލީ މިނިވަންކަމަކީ ދެވޭ އިނާޔަތެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހެއްގެ ވެސް ޙައްޤެއް ކަމަށެވެ.

ސިޔާސީ ދަތުރުގައި މާޔޫސްކަމާއި ޚިޔާނާތާ ކުރިމަތިވި ކަމަށާއި، ޙަޤީޤަތާ ޚިލާފަށް ސިފަކުރެވުނު ކަމަށް ވެސް އަލައިކާ ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ގޮންޖެހުމެއްގައި ވެސް އެކަމަނާގެ އުސޫލުތަކާއި ހިފެހެއްޓެވި ޤަދަރުތަކުގައި ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވިއެވެ.

އަލައިކާ ވިދާޅުވީ މިއީ ނިމުމެއް ނޫން ކަމަށާއި، އާ ހިތްވަރާއި ފުން ޢަޒުމާއެކު، ތެދުވެރިކަމާއި މަޤުޞަދާއެކު ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް