މާލެއިން ގެއްލިގެން ހޯދި މީހާ ގެއަށް ގޮސްފި - ހާލު ރަނގަޅު

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. މިއަދު 11:20 އ...

05 Mar 2026 | 07:19
N/A

N/A

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. މިއަދު 11:20 އެހައިކަންހާއިރު ފާޠިމަތު ނޫރާ ގެއަށް ގޮސްފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

ފާޠިމަތު ނޫރާ ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 12:19 އެހައިކަންހާއިރުއެވެ. އެ ދުވަހުގެ ރޭ 20:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ބަހާތަކަށް މަޢުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް