ނުފުރިފައި ތިބި ޢުމްރާވެރިން ފުރުވާލުމުގެ މަސައްކަތް ފަށައިފި

އެކި ސަބަބުތަކާ ހެދި ޢުމްރާއަށް ނުފުރިފައި ތިބި ފަރާތްތައް ފުރުވާލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ފަށައި...

04 Mar 2026 | 19:02
އަބްރާރް ގްރޫޕުން ނުފުރުނު ބައެއް އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ އެހީގައި މިއަދު ފުރާފައިވޭ -

އަބްރާރް ގްރޫޕުން ނުފުރުނު ބައެއް އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ އެހީގައި މިއަދު ފުރާފައިވޭ -

އެކި ސަބަބުތަކާ ހެދި ޢުމްރާއަށް ނުފުރިފައި ތިބި ފަރާތްތައް

ފުރުވާލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާއި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ

ސައީދު ދެންމެ ވިދާޅުވީ އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް

ނުފުރިފައިވުމާއި، ބައެއް ޤައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް

އެ ޤައުމުތަކުގެ ފްލައިޓްތައް ކެންސަލްވުމުން ނުފުރިފައި ތިބި ފަރާތްތައް ފުރުވާލެވޭނެ

ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. މިހާތަނަށް

150 މީހުން ފުރަން ބޭނުންވެފައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު

ވިދާޅުވިއެވެ.

ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ، އިތުރަށް

ޖާގަ ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެ ކަމަށް މިނިސްޓްރީން

ބުންޏެވެ. ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުކުރުމުގެ މަސައްކަތް

ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. ދަތުރުގެ ޚަރަދު ކުރާނީ އެހެންޏާ ވެސް ޢުމްރާ ދަތުރުގައި

އޮންނަ އުޞޫލުން ޢުމްރާވެރިން ކަމަށް މިނިސްޓްރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަން

ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ބަހައްޓަވާ އަހައްމިއްޔަތު ފާހަގަކޮށް، ރައީސަށާއި

މޯލްޑިވިއަންއަށާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް