ހުޅުމާލޭ ބޮޑު މިސްކިތުގެ މަޢުލޫމާތު ވަޒީރު ހިއްސާކުރައްވައިފި – ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތަށް ވާނެ !

ރައީސް މިއަދު އިޢުލާނުކުރެއްވި ހުޅުމާލޭ ބޮޑު މިސްކިތުގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ހިއްސާކުރައްވައިފިއެވެ. އެ މަޢުލޫމާތު ހިއްސާކުރަ...

05 Feb 2026 | 15:04
ވަޒީރު ހިއްސާކުރެއްވި ކުރެހުމެއް -

ވަޒީރު ހިއްސާކުރެއްވި ކުރެހުމެއް -

ރައީސް މިއަދު އިޢުލާނުކުރެއްވި ހުޅުމާލޭ ބޮޑު މިސްކިތުގެ

މަޢުލޫމާތު އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ

ސައީދު މިއަދު ހިއްސާކުރައްވައިފިއެވެ.

އެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ

އެ މިސްކިތަކީ ރާއްޖެއިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައި 13 ސެޕްޓެމްބަރު

2026 / 2 ރަބީޢުލްއާޚިރު 1448 ގައި ބިންގާ އަޅައި ޢަމަލީ މަސައްކަތް ފެށިގެންދާނެ

ކަމަށެވެ.

"މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި

ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިނގާއި ޕާކިން ވެސް ހިމެނޭނެ. ވަޤުފު ޢިމާރާތުން ލިބޭ

ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް" ވަޒީރު

ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން

ވެސް މިސްކިތުގައި ހިމެނޭނެ ކަމަށާއި މި މަޝްރޫޢަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުންވަނީ

ފަންޑު ހަމަޖެހިފައިވާކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި

ރާއްޖޭގައި ޤާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫޢަކަށް ވެގެންދާނެ ކަމަށާއި

މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ.

"މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ތަފްޞީލު

ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް، މިސްކިތް ޑިޒައިން ކުރަމުންދަނީ ރާއްޖެއިން

ބޭރުގެ ކަމުގެ ތަޖުރިބާކާރުން، މި މަޝްރޫޢުގެ ޑިޒައިނިންއާއި ހުރިހައި މަރުޙަލާއަކަށް

ފަންޑުކުރަނީ މިސްކިތުގެ މަޝްރޫޢަށް ފަންޑުކުރާ ފާރާތުން" ވަޒީރު

ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިސްކިތުގެ ބިންގާ އެޅުމުގެ

ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެ މިސްކިތުގައި

ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިއީ ރާއްޖޭގައި

ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތަށް ވެގެންދާނޭ ކަމަށާއި މި މިސްކިތް ބިނާކުރެވިގެންދާނީ

ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާއި ދެމެދުން ހިސާބެއްގައި

ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް