ހުޅުމާލޭ ގްރޭންޑް މިސްކިތުގެ ތަސައްވުރު އެކުލަވަލައިލާ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

ހުޅުމާލޭ ގްރޭންޑް މިސްކިތުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައީސް އިއްވި ރި...

05 Feb 2026 | 06:57
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލޭ ގްރޭންޑް މިސްކިތުގެ އަމަލީ މަސައްކަތް މި

އަހަރު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި

ރައީސް އިއްވި ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާނުގައި މިސްކިތްތަކާއި ބެހޭގޮތުން

ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ 2025 ވަނަ އަހަރު 74 މިސްކިތާއި

ހަތް އިސްލާމީ މަރުކަޒާއި ތިން ޤުރްޢާން މަރުކަޒާއި ހަ ވަގުފް ބިނާއާއެކު މުޅިއެކު

90 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދެވުނު ކަމަށެވެ.

"ދިއްދޫ އިސްލާމިކް ސެންޓަރާ 10 ރަށެއްގެ މަސައްކަތް

ނިންމި ހުޅުވިން، ރަމަޟާން މަސް ފެށުމުގެ ކުރިން 8 މިސްކިތެއް ހުޅުވާނަން"

ރައީސް ވިދާޅުވިއެވެ.

ބޭނުންވާ މިސްކިތްތައް މަރާމާތު ކުރުމަށްވެސް މި

ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު

19.4 މިލިޔަން ރުފިޔާ ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް މަރާމާތުކުރުމަށް

ހޭދަކުރެވުނު ކަމަށާއި އަދި މި އަހަރު 15 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތު

ކުރުމަށް ހަމަޖައްސާފައިވާނެ ކަމަށެވެ.

މިއަހަރު ބަޖެޓުން ރާއްޖޭގެ އިތުރު 10 ރަށެއްގައި

އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ފެށޭނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން

ތިން މަރުކަޒެއްގެ އެއްބަސްވުމުގައި ޖަނަވަރީ 21 ވަނަ ދުވަހު ސޮއި ކުރެވުނުކަން

ފާހަގަކުރައްވައި މި އަހަރު އިތުރު 17 ރަށެއްގަ މިސްކިތް އެޅުމުގެ މަސައްކަތް

ފެށޭނެ ކަން ހާމަކުރެއްވިއެވެ.

މީގެ އިތުރުން މިސްކިތުގެ މައި ހޯލުގައި 800 އަށްވުރެ

ގިނައިން ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާ އަންހެނުންގެ ނަމާދުކުރާ ބައި

އޭސީ ކުރުމަށް ސަރުކާރުން ފެއްޓެވި މަސްރޫޢުގެ ދަށުން މާލޭގަ ހުރި ހަތަރު

މިސްކިތެއްގެ މައި ހޯލާ އަންހެނުން ނަމާދުކުރާ ބައި މި ބަރަކާތްތެރި ރަމަޟާން މަސް

ފެށުމުގެކުރިން އޭސީ ކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ހުޅުމާލޭ ގްރޭންޑް މިސްކިތެއްގެ

ތަސައްވުރުގެ ވާހަކަ ފާހަގަކުރެއްވިއިރު ހުޅުމާލޭ ގްރޭންޑް މިސްކިތުގެ ގޮތުގައި

މިހާރު ކިޔަނީ މަސްޖިދު އަލް ޝައިޚް ޤާސިމް ބިން އަލް-ޠާނީ މިސްކިތަށެވެ. އެހެން

ނަމަވެސް އާ ތަސައްވުރެއްގެ ވާހަކަފުޅުކަމުން އެއީ ހުޅުމާލޭގައި ބޮޑު އާ

މިސްކިތެއް ބިނާކުރެއްވުންކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް