N/A
ގްލޯބަލް ސްމޫދް ފްލޮޓިއްލާގެ މޫވްމަންޓްގެ
ސްޓިއަރިން ކޮމިޓީގެ އިސްވެރިން ރާއްޖެ ގެންނަން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
(އައި.އޭ.ސީ) އިން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް އައި.އޭ.ސީ އިން އިއްޔެ ބުނެފައިވަނީ
އެ ކޮމިޓީގެ އިސްވެރިންކަމުގައިވާ ތިއާގޯ އަވިލާ އާއި ސައިފް އަބޫކެޝެކް އާއި
މުހައްމަދު ނާދިރް އަލް-ނޫރީ އާއި ލިއޮނީކީ އެލެކްސޯޕޯލޯ މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ.
އަދި އެވެރީން މާދަމައިން ފެށިގެން ބުރާސްފައްޗާއި ހަމައަށް ރާއްޖޭގައި މަޑުކުރާނެ
ކަމަށެވެ.
ޣައްޒާގެ ހިސޯރު ނައްތާލަން ކުރިއަށްގެންދިޔަ ގްލޯބަލް
ސްމޫދް ފްލޮޓިއްލާގެ ދަތުރުގައި ރާއްޖެއިން ބައިވެރިވިއެވެ. އެ މޫވްމަންޓްގައި ރާއްޖެ
ތަމްސީލުކުރީ އައިއޭސީއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް