N/A
ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް
މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އެ ހަށިގަނޑުގެ ޖިންސު އަދި ކަށަވަރު ނުކުރެވޭ
ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
އިއްޔެ އިރު އޮއްސެން ގާތްވެފައިވަނިކޮށް
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރ. ކިނޮޅަހާ ދިމާ ބޭރު
ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މަޢުލޫމާތު އިއްޔެ
ހަވީރު 04:24 ހާއިރު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ
ކަމަށެވެ.
"ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން"
ފުލުހުން އިއްޔެ ބުނެފައިވެއެވެ.
މިއަދު ކަމުގެ އަދާހަމަ ހިއްސާކުރަމުން ފުލުހުން
ބުނެފައިވަނީ އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން
ޖިންސު މިހާތަނަށް ދެނެގަނެވިފައިނުވާކަމަށާއި ތަޙުޤީޤަށް ބޭނުންވާ ފޮރެންސިކް
ސާމްޕަލް ނެގުމާއި، ތަޙުޤީޤުގެ ތެރެއިން ފުރިހަމަކުރާންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ
މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް