ހަމަލައެއްގައި ޕާކިސްތާނުގެ ތިން ފުލުހަކު މަރާލައިފި

އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ކައިރީގައި ބޮމެއް ގޮއްވާލައި، ޕާކިސްތާނުގެ ތިން ފުލުހަކު މަރާލައިފިއެވެ. މި ބޮމުގެ ހަމަލާ ދީފައި ވަނީ އެ ގައުމުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ ސަރަހައްދުގަ އެވެ. އ...

04 Dec 2025 | 07:45
ފޮޓޯ: އަހްމަދު އެހެސާން، އެސޯސިއޭޓެޑް ޕްރެސް

ފޮޓޯ: އަހްމަދު އެހެސާން، އެސޯސިއޭޓެޑް ޕްރެސް

އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ކައިރީގައި ބޮމެއް ގޮއްވާލައި،

ޕާކިސްތާނުގެ ތިން ފުލުހަކު މަރާލައިފިއެވެ.

މި ބޮމުގެ ހަމަލާ ދީފައި ވަނީ އެ ގައުމުގެ ހުޅަނގު އުތުރުގެ

ޚައިބަރު ޕަޚްތުންޚްވާ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް

އިތުރުވެފައެވެ.

ޕާކިސްތާނުގެ ފުލުހުން ބުނާ ގޮތުގައި މި ހަމަލާދީފައިވަނީ

އައި.އީ.ޑީ އެއް ގޮއްވާލައިގެންނެވެ. ހަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އަދި އުފުލާފައިނުވިނަމަވެސް،

ދާޚިލީ ވަޒީރު މުޙްސިން  ނަގްވީ ތުހުމަތުގެ

އިނގިލި ދިއްކުރީ ޕާކިސްތާނުގެ ތާލިބާނުންނަށެވެ. ތާލިބާނުންގެ ޕާކިސްތާނު ގޮފިކަމަށްވާ

ތެހެރީކޭ ތާލިބާން ޖަމާއަތުން ގެންދަނީ އެސަރަހައްދުގައި ދޭތެރެދޭތެރެއިން މިފަދަ ހަމަލާތައް

ދެމުންނެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި ޕާކިސްތާނުގައި ތިބި ތާލިބާން

ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ ހިމާޔަތް ދެނީ އަފްޣާނިސްތާނުގައި

އޮތް ތާލިބާނުންގެ ސަރުކާރުންނެވެ. އެހެންނަމަވެސް އަފްޣާނިސްތާނުގެ ތާލިބާނުން އެކަން

ދޮގުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް