މަސްތުވާތަކެތީގެ ވިޔަފާރީގައި 19 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުރުކުރި ނެޓްވޯކެއްގެ އިސްވެރިން ހައްޔަރުކޮށްފީމު: ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި އިސް ހަތަރު މީހެއްގެ އެކައުންޓްގައި ފަސް އަހަރުގެ ތެރޭގައި 19 މިލިޔަނަށްވުރެ ދިވެހި ފައިސާ ދައުރުކޮށްފައިވާ ނެޓްވޯކެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ...

04 Dec 2025 | 07:15
އޭއައި ފޮޓޯއެއް -

އޭއައި ފޮޓޯއެއް -

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި އިސް ހަތަރު

މީހެއްގެ އެކައުންޓްގައި ފަސް އަހަރުގެ ތެރޭގައި 19 މިލިޔަނަށްވުރެ ދިވެހި ފައިސާ

ދައުރުކޮށްފައިވާ ނެޓްވޯކެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު މީޑިއާތަކަށް

ހިއްސާކުރި މެސެޖެއްގައެވެ.

އެ މެސެޖުގައި ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗާއި

ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި 2025 ޑިސެމްބަރ ތިން

ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި

ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުންވަނީ ހައްޔަރުކޮށްފައިކަމަށާއި

އެ ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ

ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން

ފެށިގެން ކަމަށެވެ.

"މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ

ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށްވަނީ ހޯދިފައި، އަދި ފާއިތުވި ފަސް އަހަރު މި

ނެޓްވޯރކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ

ދައުރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އޮޕަރޭޝަނަކީ މިހާރުވެސް

ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު

މައުލޫމާތު ހިއްސާކުރަމުންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް