މައުމޫން ފޮންޓު ދިވެހި ބަހުގެ އެކަޑެމީއަށް ހަދިޔާކުރައްވައިފި

މައުމޫން ފައުންޑޭޝަނުގެ ފަރާތުން "މައުމޫން ފޮންޓް" ދިވެހި ބަހުގެ އެކަޑެމީ އަށް ހަދިޔާކުރައްވައިފިއެވެ. މި ފޮންޓަކީ ދިވެހި ބަހާއި ތާނަ އަކުރު ޑިޖިޓަލް ޒަމާނުގައި ދެމެހެއްޓުމާއި ކުރިއެރުވުމުގެ މަގުސަދުގ...

04 May 2026 | 17:54
ފޮންޓް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މައުމޫން ފައުންޑޭޝަން

ފޮންޓް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މައުމޫން ފައުންޑޭޝަން

މައުމޫން ފައުންޑޭޝަނުގެ ފަރާތުން "މައުމޫން ފޮންޓް" ދިވެހި ބަހުގެ އެކަޑެމީ އަށް ހަދިޔާކުރައްވައިފިއެވެ.

މި ފޮންޓަކީ ދިވެހި ބަހާއި ތާނަ އަކުރު ޑިޖިޓަލް ޒަމާނުގައި ދެމެހެއްޓުމާއި ކުރިއެރުވުމުގެ މަގުސަދުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން ފަރުމާކުރައްވާފައިވާ ފޮންޓެކެވެ. މި ފޮންޓުގައި ތާނަ އާއި ލެޓިން ދެ ސީރީޒް ހިމެނެއެވެ. މައުމޫން ފައުންޑޭޝަނުން ބުނީ މި ފޮންޓް ފަރުމާކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މައުމޫން ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި މި ފޮންޓް ހެދުމުގެ މައިގަނޑު ބޭނުމަކީ ޓެކްނޯލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ދިވެހި ބަހާއި ސަގާފީ ތަރިކަ ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ފޮންޓް ފަރުމާކުރުމުގައި ތާނަ އަކުރުގެ ޒަމާންވީ ސިފަތައް ހިފެހެއްޓުމާ އެކު، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅޭ ގޮތަށް ބައްޓަންކޮށްފައިވާ ކަމަށް ވެސް ފައުންޑޭޝަނުން ބުނެއެވެ.

ރައީސް މައުމޫނަކީ ދިވެހި ބަސް ކުރިއެރުވުމާއި ތާނަ އަކުރު ޑިޖިޓަލް ވަސީލަތްތަކުގައި ބޭނުންކުރެވޭނެ ގޮތް ހެއްދެވުމަށް ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް