N/A
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، މާޅެންދޫގެ، ފާޠިމަތު ނިލްފާ ޢަބްދުالله ޝިޔާމް (28އ) އެވެ. ނިލްފާ ހައްޔަރުކޮށްފައި ވަނީ މި ހިނގާ އެޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ރޭ 18:11 ގައެވެ. ފުރަތަމަ ފަސް ދުވަހަށް ބަންދުކުރުމަށް ފަހު، މިއަދު ވަނީ އިތުރު 10 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ބަންދު އަމުރުގައިވާ ގޮތުން ނިލްފާ ހައްޔަރުކުރި އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ފެނިފައިވެއެވެ. އަދި ނިލްފާގެ ޔުރިން ޓެސްޓް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން ވެސް އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް ބަންދު އަމުރުގައިވެއެވެ. ދިފާޢުން ވަނީ ފެނުނު ތަކެއްޗަކީ ނިލްފާގެ ތަކެތި ނޫން ކަމަށާއި، އެ ތަކެއްޗަށް ރައްޓެއްސަކު އިޢުތިރާފްވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.
ނިލްފާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރީ، ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށް ފަހުގައެވެ. މި މައްސަލައިގެ ބަންދުގެ މުއްދަތު ހަމަވާނީ މެއި 14 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް