އަލްކަހޯލް ސާރވް ކުރަން ފަށާކަށް ނޫޅެމު: މޯލްޑިވިއަން

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކަހޯލް ސާރވް ކުރަން ފަށަން ރާވަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް މޯލްޑިވިއަން އިން ދޮގުކޮށްފިއެވެ. މޯލ...

04 May 2026 | 09:57
މޯލްޑިވިއަންގެ ފްލައިޓެއް - ފައިލް ފޮޓޯ: ދުވަސް

މޯލްޑިވިއަންގެ ފްލައިޓެއް - ފައިލް ފޮޓޯ: ދުވަސް

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކަހޯލް ސާރވް ކުރަން ފަށަން ރާވަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް މޯލްޑިވިއަން އިން ދޮގުކޮށްފިއެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ އެ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ކަމަށެވެ. އަދި ސައްޙަކަން ކަށަވަރުނުކުރެވޭ މިފަދަ މަޢުލޫމާތު ޙިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އެ އެއާލައިނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (މޯލްޑިވިއަން) ގެ ފްލައިޓްތަކުގައި މިހާތަނަށް ވެސް އަލްކަހޯލް ސާރވް ކޮށްފައެއް ނުވެއެވެ. މޯލްޑިވިއަން އިން ޑޮމެސްޓިކް އަދި ބައިނަލްއަޤުވާމީ ދަތުރުތައް ކުރާ އިރު، ފަސިންޖަރުންނަށް ފޯރުކޮށްދެނީ ލުއި ކެއުމާއި ސޮފްޓް ޑްރިންކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް