އެންސްޕާގެ ސީއީއޯ ކަމަށް ޝިރުނާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އާމިނަތު ޝިރުނާ ހަމަޖައްސަވައިފިއެވެ. ޝިރުނާ އެ މަގާމަށް ހަމަޖެއްސެވިކަން ހެލްތު ވުޒާރާ އިން މިއަދު ...

04 May 2026 | 09:40
N/A

N/A

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އާމިނަތު ޝިރުނާ ހަމަޖައްސަވައިފިއެވެ.

ޝިރުނާ އެ މަގާމަށް ހަމަޖެއްސެވިކަން ހެލްތު ވުޒާރާ އިން މިއަދު ހާމަކޮށް، ޝިރުނާ އަށް ވަނީ ތަހުނިޔާ ދަންނަވައިފައެވެ. ޝިރުނާ އެންސްޕާއާ ހަވާލުވެވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު ކަމަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ. އެންސްޕާ އިން ވަނީ މި ހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ހީނާ ވަލީދުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވައިފައެވެ.

ޝިރުނާ އެންސްޕާއާ ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ހުންނެވީ ހެލްތު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވައިގެން 2025 ވަނަ އަހަރު ބޭއްވި ވޯލްޑް ގަވަމެންޓް ސަމިޓުގައި ރާއްޖެ ތަމްސީލުކުރައްވައި، ޞިއްޙީ ދާއިރާގެ ބައިނަލްއަޤުވާމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް