މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް، އެމްޑީޕީގެ ކެމްޕޭނު ނިންމުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ: ދުވަސް
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށް، އެ ޕާޓީގެ ހުރިހާ މޭޔަރުން ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެއެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މާލެ، ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން ވެސް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. ތިނަދޫ ފިޔަވައި ދެން ހުރި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.
ތިނަދޫ ސިޓީގައި މިހާރުގެ މޭޔަރު ސައުދު ޢަލީ އާއި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު އަޖީބާ ދެމެދު އޮތީ ފަންސާހެއްހާ ވޯޓުގެ ފަރަގެކެވެ.
މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން ސިޓީތަކުގެ ކައުންސިލް މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް