އަލް އައިން އުމްރާ ގްރޫޕުން ފުރަން އުޅުނު ފަރާތްތަކަށްވެސް ފުރޭ ގޮތެއް ނުވި

އަލް އަބްރާރް ނަމަކަށް ކިޔާ އުމްރާ ގްރޫމަކުން 110 މީހެއްގެ އަތުން ފައިސާ ނަގައި ފަހު ވަގުތު ދަތުރު ކެންސަލް ކުރަން ނިންމި ނިންމުން ހޫނުވެފައިވާ މި ދަނޑިވަޅުގައި އަލް އައިން އުމްރާ ގްރޫޕަށް ފައިސާ ދެއް...

04 Mar 2026 | 15:41
N/A

N/A

އަލް އަބްރާރް ނަމަކަށް ކިޔާ އުމްރާ ގްރޫމަކުން 110

މީހެއްގެ އަތުން ފައިސާ ނަގައި ފަހު ވަގުތު ދަތުރު ކެންސަލް ކުރަން ނިންމި ނިންމުން

ހޫނުވެފައިވާ މި ދަނޑިވަޅުގައި އަލް އައިން އުމްރާ ގްރޫޕަށް ފައިސާ ދެއްކި

ފަރާތްތަކަށްވެސް އަދި ފުރޭގޮތް ވެފައިނުވާކަން ދުވަހަށް އެނގިއްޖެއެވެ.

ދުވަހަށް އެ ގްރޫޕުން މަޢުލޫމާތު ހިއްސާކުރި ފަރާތަކުން

ކޮންމެވެސް ވަރަކަށް އެކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރިއެވެ. އެހެންނަމަވެސް މާ

ސާފު ޖަވާބުތަކެއް ލިބޭގޮތެއް އަދި އިސް ވެރިޔަކަށް ގުޅޭނެ ގޮތެއްވެސް ނުވިއެވެ.

ލިބުނު މަޢުލޫމާތުތަކުން އެނގުނީ އަލް އައިން އިން އެއާ

އެރެބިއާއިން ޓިކެޓު ހަމަޖެއްސި ކަމަށާއި ނަމަވެސް އެ ފްލައިޓުން ދަތުރު ކެންސަލް

ކުރީ ކަމަށެވެ.

"ދެން އަޅުގަނޑުމެން ބެލީ އަމިއްލައަށް

ފްލައިޓެއް ޗާޓަރު ކުރަން، މިއަދު އެއާ އެރެބިއާއިން ރީފަންޑްވެސް ލިބިއްޖެ،

އެކަމަކު މިނިސްޓްރީން މިހާރު އަންގާފައި އޮތީ ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކުރިއަށްގެންދަން،

މިހާރު މި މަޑުކުރަނީ އެ ބޭފުޅުންގެ އިޝާރާތަކަށް" ދުވަހަށް މަޢުލޫމާތު

ހިއްސާކުރި ފަރާތުން ބުންޏެވެ.

އެ ގްރޫޕުން އެއާ އެރެބިއާ ކެންސަލް ވުމުން ފަސިންޖަރުން

އަތުން އިތުރަށް ފައިސާ ނަގަން އެދުނު ފަދަ ވާހަކަތަކެއް ބައެއް ފަރާތްތަކުން މި

ނޫހާއި ހިއްސާ ކުރިއެވެ. ނަމަވެސް އެ ގްރޫޕުގެ ކޮމެންޓެއް އެކަމުގައި އަދި ލިބިފައެއް

ނުވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އަލް އަބްރާރް އާއި

އަލް އައިން ގްރޫޕުން ފުރޭގޮތް ނުވި ފަރާތްތަކަށް ޗާޓަރު ފްލައިޓެއް ހަމަޖެއްސުމަށް

މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. އަދި އެ ދެ ގްރޫޕް

ފިޔަވާ އެހެން ގްރޫޕުތަކުންވެސް ފައިސާ ދައްކައި ނުދެވޭ ހާލަތެއް ދިމާވެފައިވާ

ފަރާތެއް ވާނަމަ އެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން

އަންނަ ކަމަށްވެސް ދުވަހަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް