އަބްރާރް ގްރޫޕުން ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަނުޖެއްސުމުން ޙައްޖު ކޯޕަރޭޝަނުން އެގްރޫޕްގެ 28 މީހަކު ޢުމްރާއަށް ފޮނުވައިފި

އަމިއްލަ ޢުމްރާ ގްރޫޕެއް ކަމަށްވާ އަލް އަބްރާރް ޕްރައިވެޓް ލިމިޓެޑުން ރަމަޟާން މަހު ޢުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، މޯލ...

04 Mar 2026 | 08:01
އަލް އަބްރާރް ގްރޫޕްގެ އޮފީހުގެ ބޭރުގައި މީހުން އެއްވައި އޮތް ވަގުތު -

އަލް އަބްރާރް ގްރޫޕްގެ އޮފީހުގެ ބޭރުގައި މީހުން އެއްވައި އޮތް ވަގުތު -

އަމިއްލަ ޢުމްރާ ގްރޫޕެއް ކަމަށްވާ އަލް އަބްރާރް ޕްރައިވެޓް ލިމިޓެޑުން ރަމަޟާން މަހު ޢުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެ މީހުންގެ ތެރެއިން 28 މީހަކު މިއަދު ޢުމްރާއަށް ފޮނުވައިފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވި ގޮތުގައި، އެ 28 މީހުންގެ އެދިލެއްވުމުގެ މަތިން، ޖާގަ އޮތް މިންވަރުން ވިސާ ޖަހައި، މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަނާއި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް ޙައްޖު ކޯޕަރޭޝަނުން އިއްޔެ ހަވީރު ހަމަޖެއްސި ކަމަށެވެ. އެ 28 މީހުން މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައި ސައުދީޢަރަބިއްޔާއަށް ފުރާފައިވެއެވެ.

މި މައްސަލައިގައި ދުވަސް ނޫހުގެ ނޫސްވެރިޔާ އަޒްމީ އަލީ ރޭ އަލް އަބްރާރުގެ މެނޭޖިން ޑައިރެކްޓަރު އައްފާނާ އިންޓަވިއު ކުރިއެވެ. އެ އިންޓަވިއުގައި އައްފާން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔައީ މިނިސްޓްރީއަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވި ކަމަށެވެ. ނަމަވެސް އެކަމުގެ ހެކީގެ ގޮތުގައި އީމެއިލް ދައްކަން އައްފާން ދެކޮޅު ހެދިއެވެ. ހަމައެހެންމެ ހޮޓާ ބުކް ކުރުމާއި އެހެނިހެން ޚަރަދުތަކުގެ ލިޔެކިޔުން ދައްކަންވެސް އޭނާ ތަކުރާރުކޮށް ދެކޮޅު ހެދިއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ ގްރޫޕްގެ ހަވާލުގައި އުމްރާވާން 110 މީހަކު ފައިސާ ދެއްކިއެވެ. ދާން ބޭނުން ނުވާކަން އެންގީ ފަހުވަގުތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް