އެމްއޭސީއެލުން ސަލްމާން މިސްކިތުގެ އޭސީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށަައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ސަލްމާން މިސްކިތުގެ އޭސީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށަައިފިއެވެ. މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެމްއޭސީއެ...

04 Feb 2026 | 13:38
އެމްއޭސީއެލުން ސަލްމާން މިސްކިތުގެ އޭސީ މައްސަލަތައް ހައްލު ކުރަނީ.

އެމްއޭސީއެލުން ސަލްމާން މިސްކިތުގެ އޭސީ މައްސަލަތައް ހައްލު ކުރަނީ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ސަލްމާން މިސްކިތުގެ އޭސީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށަައިފިއެވެ.

މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެމްއޭސީއެލްއާއި މިނިސްޓްރީ ގުޅިގެން ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަމާޒަކީ ރޯދަ މަހުގެ ކުރިން ހައްލުވޭތޯ މަސައްކަތްކުރުން. 2025 ގައި އޭސީ ނިޒާމު މައްސަލަޖެހިގެން ހައްލުތަކެއް ގެނައި." މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ އޭރު އެކަމަށް ހައްލުގެނެވި އެކަން ދެމިގެން ގޮސްފައި ނުވާ ކަމަށެވެ.

އެހެންކަމުން މަސައްކަތްކުރަމުންދަނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް