އެއާޕޯޓުގައި މާރާމާރީ ހިންގި ލަންކާ ދެމީހުން ދޫކޮށްލައިފި – އެއް ސަބަބަކީ އަބުރުވެރި ވަޒީފާއެއްގައި އުޅުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ. ހައްޔަރުކުރި ދެމީހުންނަކީ އުމުރުން 46 އަހަރުގެ ޕްރިޔަންތަ ސިލްވަ...

04 Feb 2026 | 05:42
އެ ދެމީހުން - މަގްޝޮޓް: ފުލުހުން

އެ ދެމީހުން - މަގްޝޮޓް: ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު

ސަރަހައްދުގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން

ދޫކޮށްލައިފިއެވެ.

ހައްޔަރުކުރި ދެމީހުންނަކީ އުމުރުން 46 އަހަރުގެ

ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ އާއި އުމުރުން 43 އަހަރުގެ ތިލަކް ސޮމަޗަންޑްރަ

މައްޑެތަލަށެ ކަންނަމަލަގެ އެވެ.

ބަންދުން ދޫކޮށްލަން ކުރި އަމުރުގައި ސަބަބެއްގެ ގޮތުގައި

ފާހަގަކޮށްފައިވަނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާތީއާއި އެއްވެސް

ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަން އެނގޭނެ ލިޔުމެއް

ހުށަހަޅާފައިނުވާތީއާއި ރާއްޖޭގައި އަބުރުވެރި ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް

ވާތީ ކަމަށެވެ.

ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ

ވަގުތެއްގައި އެއާޕޯޓުގެ ޓެކްސީ ކިއު ވޭގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު

ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް