ފަޖަރް އަލީ އަށް ޓިކެޓާއި ފައިސާގެ ހަދިޔާ އާއި ދަތުރުކުރުމަށް ލިޔުން ހަވާލުކޮށްދިނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަންގެ ހައި ކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް -
ރާއްޖޭގެ ގެސްޓްހައުސްއެއްގައި ކައްކާއެއްގެ
ވަޒީފާގައި އުޅެނިކޮށް ފަޔަށް ހޫނުފެން އެޅި ފައި ފިހުނު ބަންގްލަދޭޝް ރައްޔިތަކު އިތުރު
ފަރުވާއަށް ޤައުމަށް ފޮނުވުމަށް ބަންގްލަދޭޝް ހައިކޮމިޝަނުން އެހީތެރިކަން
ފޯރުކޮށްދީފިއެވެ.
ފަޖަރް އަލީ ނަމަކަށްކިޔާ ބަންގްލަދޭޝްގެ އެ
ރައްޔިތު މީހާއަށް އެމްބަސީން ވަނީ ވޭޖް އާނާސް ވެލްފެއާ ބޯޑުގެ ދަށުން ފަޖަރް
އަލީ އަށް ޓިކެޓާއި ފައިސާގެ އެހީ ފޯރުކޮށްދީފައިވާކމަށް ބުނެފައިވެއެވެ.
ޔޫއެސް-ބަންގްލާ އެއާލައިނުން އިއްޔެ ފަޖަރް އެ
ޤައުމަށް ފުރާފައިވާއިރު ފަޖަރްގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުން ދަތުރުކުރެވޭނެ
ލިޔުމެއް އަގަކާއި ނުލާ ފޯރުކޮށްދީފައިވާނެކަމަށްވެސް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް
ހައި ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް