ރާއްޖޭގެ ޚާރިޖީ ވުޒާރާގެ މިނިސްޓަރުގެ ނާއިބު، މުޙައްމަދު ވިޝާމް، ބެލަރޫސިއަން ފަސްޓް ޑެޕިއުޓީ މިނިސްޓަރު އޮފް ފޮރިން އެފެއާރޒް، ސާޖޭ ލުކަޝެވިޗާއިއެކު –
ދިވެހިރާއްޖެއާއި ބެލަރޫސް އާއި ދެމެދު ގުޅުން
ބަދަހިކުރުމަށް މަޝްވަރާ ކުރެވި އެއްބަސްވުމަކާއި ހަމައަށް ގޮސްފައިވާކަމަށް އެ
ޤައުމުގެ މީޑިއާއިން ބުނެފިއެވެ.
ހާމަކޮށްފައިވާގޮތުގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ
މިނިސްޓަރުގެ ނާއިބު، މުޙައްމަދު ވިޝާމް ވަނީ އިއްޔެ ބެލަރޫސިއަން ފަސްޓް ޑެޕިއުޓީ
މިނިސްޓަރު އޮފް ފޮރިން އެފެއާރޒް، ސާޖޭ ލުކަޝެވިޗާއި ބައްދަލުކުރައްވާފައެވެ.
މިއީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއިމެދު މިހާތަނަށް
ބޭއްވުނު އެންމެ ފުޅާ މަޝްވަރާތައްކަން ފާހަގަކޮށްފައިވާއިރު ބުނެފައިވަނީ
ބެލަރޫސިއަން ކާބޯތަކެއްޗާއި، އިންޑަސްޓްރިއަލް ސާމާނާއި މެޝިންސް އާއި އުޅަނދު
ރާއްޖެއަށް ތައާރަފުކުރުމާއި ޞިއްޚީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ހަމަ އެހެންމެ
ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ
މަޝްވަރާތައް ކުރެވުނު ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ދެކެވުނު ވާހަކަތައް
ކޮޅެއްގައި ޖެއްސުމށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ދެ ފަރާތައް އެއްބަސްވެވުމަކަށް
ދެވުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް