އޮންލައިން ޖުވާވެސް ހިމެނޭހެން ޖުވާކުޅުން ޤާނޫނީ ކުށަކަށްވާ އިޞްލާޙުވެސް މާދަމާ ތަޅުމަށް

އޮންލައިންކޮށް ޖުވާކުޅުންވެސް ހިމެނޭހެނ ޖުވާކުޅުން ޤާނޫނީ ކުށަކަށްވާ އިޞްލާޙުވެސް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް ތާވަލުކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލ...

04 Jan 2026 | 11:57
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން - ފައިލް ފޮޓޯ: ދުވަސް

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން - ފައިލް ފޮޓޯ: ދުވަސް

އޮންލައިންކޮށް ޖުވާކުޅުންވެސް ހިމެނޭހެނ ޖުވާކުޅުން

ޤާނޫނީ ކުށަކަށްވާ އިޞްލާޙުވެސް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ދައުރުން ބޭރުން

ބާއްވާ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅަނީ

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤެވެ.

"ބޭނުމަކީ، ޖުވާކުޅުމާއި ޖުވާކުޅޭ ތަނެއް

ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި

ކުށް ކަމުގައި ކަނޑައަޅާފައިވާ ބައެއް ކުށްތަކުގެ އުންސުރުތަކާއި ދަރަޖަތައް އިޞްލާޙުކުރުމަށްޓަކައި،

ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން" ބިލު ހުށަހަޅާ

ސަބަބުގެ ގޮތުގައި ބުނެފައިވެއެވެ.

އެގޮތުން އިޞްލާޙު ހުށަހަޅާ އެއް ކަމަކީ ޤާނޫނުލްޢުޤޫބާތުގެ

616 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އިތުރުކުރުމެވެ. (ނ) ގައި ބުނެފައިވަނީ

އެއްވެސް މީހަކު ޖުވާކުޅުން، ޖުވާކުޅޭތަނެއް ހިންގުމަކީ ކުށެއް ކަމަށެވެ.

"ޖުވާކުޅުން" ކަމުގައި ބުނެފައިއެވަނީ،

ވަކި މުބާރާތެއްގައި، ނުވަތަ ކުޅިވަރެއްގައި، ނުވަތަ ސްކީމެއްގައި، އިލެކްޓްރޯނިކޮށް

ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް، ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް

އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް އެކަމަކުން ނުކުންނާނެ ކަނޑައެޅޭ

ވަކި ނަތީޖާއެއް ލިބިގަތުގެ މުޤާބިލުގައި މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުން

ކަމަށް، "ޖުވާކުޅުން" މާނަކުރުމުގައި ބުނެފައިވެއެވެ.

އޮންލައިންކޮށް ހިންގާ ޖުވާކުޅުމުގެ ވިޔަފާރިވެސް

ހިމެނޭކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ.

ޤާނޫނުލްޢުޤޫބާތަށް މި އިޞްލާޙު ގެނެސް ފާސްކޮށް ތަޞްދީޤުކޮށްފިނަމަ

އޮންލައިން ޖުވާ ކުޅޭ ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ރާއްޖޭގައި

މަނާވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް