N/A
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު
ދޭގޮތަށް ޤާނޫނަށް ގެންނަ އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހު ފާސްކޮށްފައިވަނީ 65 މެންބަރުންގެ
ވޯޓާއި އެކުގައެވެ. އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓެއް ނުދެއެވެ.
ފާސްކުރި އިސްލާހުގައިވާގޮތުން މަރުގެ އަދަބު ދޭނީ
ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފިނަމައެވެ
.
އިސްލާހުގައިވާގޮތުން މަރުގެ އަބަދު ދެނީ ތިން
ހާލަތެއްގައެވެ. އެއީ 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން،
250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން އަދި ކެނެބިސް ނުވަތަ
ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100
ގްރާމަށްވުރެ އިތުރު އަދަދެއްކަމުގައިވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް