އިންޑިއާއިން އެތެރެ ކުރާ ތެލަށް ރާއްޖެއިން ދައްކަން ޖެހޭ ދެ ޑިއުޓީއެއް ކަނޑާލައިފި

އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ނަގާ ދެ ބާވަތެއްގެ ޑިއުޓީ ނުނަގާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ. މި ލުއި ދީފައިވާ ގައުމުތަކުގެ ލިސްޓަށް ރާޢްޖެ އެރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ...

03 Jul 2026 | 11:23
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ނަގާ ދެ ބާވަތެއްގެ ޑިއުޓީ ނުނަގާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.

މި ލުއި ދީފައިވާ ގައުމުތަކުގެ ލިސްޓަށް ރާޢްޖެ އެރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ރާއްޖެއާއި އެކު ލިސްޓުގައި މޮރިޝަސްވެސް ހިމަނާފައިވެ އެވެ.

އިންޑިއާއިން ރާއްޖެ ހިމެނީ ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ (އެސްއޭއީޑީ) އާއި ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރްއައިިސީ) ނުނަގާ ގައުމުތަކުގެ ލިސްޓްގަ އެވެ. އެ ލިސްޓްގައި ކުރިން އޮތީ ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ.

މި ޑިއުޓީތައް ނުގަގަނީ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުންނެވެ. މި ޑިއުޓީތަކުގެ ތެރެއިން އެސްއޭއީޑީ އަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވާ ވަގުތުތަކުގައި އޭގެ ފައިިދާ ލިނބިގަތުމަށް އަމާޒުކޮށްގެން ނަގާ ޑިއުޓީ އެކެވެ.

އެކްސްޕޯޓްކުރާ ތެލުން ނަގާ ޑިއުޓީގެ ދެބައެއް ރާއްޖެއިން ދައްކަން ނުޖެހުމުން އިންޑިއާއިން ތެޔޮ އެތެރަކުރަން ރާއްޖޭން ކުރަން ޖެހޭ ހަރަދުކުޑަވާނެ އެވެ.

ތެލުގެ އިތުރުން އިންޑިއާއިން ރާޢްޖެއަށް އެތެރެ ކުރާ ކާބޯތަކެތި އެތެރެ ކުރުމާއި އޭގެ ޑިއުޓީންވެސް ބޮޑު ލުއިތަކެއް އަބަދުވެސް ދީފައި އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް