ރައީސް މުޢިއްޒު ސްރީލަންކާއަށް ވަޑައިގެންފި، މަރްޙަބާ ދެންނެވީ ބޮޑުވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިރޭ އެ ޤައުމަށް ވަޑައިގެންފިއެވެ. ރައީސް މުޢިއްޒު ވަޑައިގެންނެވީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް UL-11...

03 May 2026 | 13:41
ރައީސް ލަންކާގައި - ފޮޓޯ: ލަންކާ މީޑިއާ

ރައީސް ލަންކާގައި - ފޮޓޯ: ލަންކާ މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިރޭ އެ ޤައުމަށް ވަޑައިގެންފިއެވެ.

ރައީސް މުޢިއްޒު ވަޑައިގެންނެވީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް UL-116 ގައި، ބަންދަރަނާއިކެ ބައިނަލްއަޤްވާމީ އެއާޕޯޓަށް ހަވީރު 5:33 ގައެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ގާތްގަނޑަކަށް 20 އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެއާޕޯޓުން ރައީސް މުޢިއްޒަށް މަރްޙަބާ ދެންނެވީ ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި ސަރުކާރުގެ ވަފުދެކެވެ.

މިއީ 2023 ވަނަ އަހަރު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުޢިއްޒު ސްރީލަންކާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ޑިސަނާޔަކެއާ ބައިލެޓެރަލް މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ދެމެދުގައި ޒަމާންވީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ވެސް ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް