ލަންކާގައި ހޮނު އެޅުމުގެ ހާދިސާއެއްގައި އަންހެނަކު މަރު

ސްރީ ލަންކާގައި ގެއަކަށް ހޮނު އެޅުމުގެ ހާދިސާއެއްގައި 26 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ. ފުލުހުންނާ ހަވާލާދީ ނިއުސްވަޔަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ފަތިހު މޫސުން ގޯސްވެ ހަބަރަޑުވަ ސަރަ...

03 May 2026 | 01:19
N/A

N/A

ސްރީ ލަންކާގައި ގެއަކަށް ހޮނު އެޅުމުގެ ހާދިސާއެއްގައި 26 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުންނާ ހަވާލާދީ ނިއުސްވަޔަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ފަތިހު މޫސުން ގޯސްވެ ހަބަރަޑުވަ ސަރަހައްދުގެ ކޮކްވައްޓަ ގެއަކަށް ހޮނު އެޅީ އެ ގޭގައި ދެ އަންހެނަކު ތިއްބައެވެ. ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އެކެއްގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަރުވީ ކޮކްވައްޓަ، ހަބަރަޑުވަ އަށް ނިސްބަތްވާ އަންހެނެކެވެ. ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ދެ އަންހެނުންނަކީ އެ ސަރަހައްދުގެ ގާމެންޓް ފެކްޓްރީއެއްގައި މަސައްކަތް ކުރާ ދެ މީހުންނެވެ. އަނިޔާވި އަނެއް އަންހެން މީހާ އިތުރު ފަރުވާއަށް ކަރަޕިޓިޔާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް