ގ. މާލެހިޔާ 2 13-02، ނައުޝާދު މޫސާ، 32 -
ރޯދަ މަހު ދުވާލު ގަޑީގައި އާންމު ތަނެއްގައި ކެއި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އިއްޔެ ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 13-02، ނައުޝާދު މޫސާ، 32 އެވެ. އޭނާ ބަންދުކޮށްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ކަސްޓޯޑިއަލް ޖަލެއްގައެވެ.
ބަންދު އަމުރުގައިވާ ގޮތުން، ނައުޝާދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި އެބަހުއްޓެވެ. އަދި ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. މި މައްސަލައިގައި ނައުޝާދުގެ ފަރާތުން އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
ނައުޝާދަކީ މީގެ ކުރިން ވެސް ޖިނާއީ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، މާލޭ ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ. އެ ފަހަރު މިސްކިތުގެ އިމާމު ނަމާދުކުރާ ސަރަހައްދުގެ ކަރަންޓު ބޯޑުތަކާއި ވުޟޫ ކުރާ ސަރަހައްދުގެ އިސްކޫރުތަކަށް ގެއްލުންދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް