ސްކޭމް މައްސަލައެއްގެ ތުހުމަތުގައި މީހަކު ހާޒިރުވާން އަންގައި އިއުލާނުކޮށްފި

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގޭތީ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށް...

03 Mar 2026 | 07:33
ތ. ހިރިލަންދޫ، ނާގަލި، ޢާއިޝަތު ނާޛިރާ (41އ) -

ތ. ހިރިލަންދޫ، ނާގަލި، ޢާއިޝަތު ނާޛިރާ (41އ) -

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގޭތީ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހާޒިރުވާން އަންގައިފައިވަނީ ތ. ހިރިލަންދޫ، ނާގަލި، ޢާއިޝަތު ނާޛިރާ (41އ) އެވެ.

ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން، އެ މީހާ ހާޒިރުވާން ޖެހެނީ މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް