މިކަން ހާމަކުރުމަށް އުރީދޫ މޯލްޑިވްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ދުވަސް
އުރީދޫއިން 50،000 ކަސްޓަމަރުންނަށް، ކޮންމެ ކަސްޓަމަރަކަށް ޓެމޫއިން
100 ޑޮލަރުގެ ޑިސްކައުންޓް ދެނީ
އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން
ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާ އެކު ޕާޓްނަރޝިޕެއް ހަދައިފިއެވެ.
މިޕާޓްނަޝިޕާއެކު ރޯދަމަހަށް ތައްޔާރުވުމަށްޓަކައި ދިވެހިންގެ ތެރޭގައި ކުރާ
ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް އާއި ޓެމޫ އާއެކު ވެވުނު އެއްބަސްވުމާއެކު އުރީދޫ އެޕް
މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ
ޑިސްކައުންޓް ވައުޗަރ ބަންޑްލްއެއް ލިބިގެންދާނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް
އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ
އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެއެވެ. މި އޮފަރއާޢެކު ޒަރޫރީ ސާމާނާއި
ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަ
އަދި އަތްފޯރާ ފަށުގައި ގަނެވޭނެ އެވެ.
ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޓެމޫއާ އެކު މި ޕާޓްނަރޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށ އެޅުނު އިތުރު ފިޔަވަޅެއް
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް
އުރީދޫ މޯލްޑިވްސް އާއި ޓެމޫ ގުޅިގެން ހަދާފައިވާ މި ޕާޓްނަރޝިޕަކީ އުރީދޫ
މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާޢްޖޭގެ ކޮންމެ ހިސާބެއްގައި
ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް
ބާރުދޭ އެއްބަސްވުމަކަށް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް