ސައިކަލުތައް އަނދާ ހުލިވެފައި - ފޮޓޯ: އެމްއެންޑީއެފް
އައްޑޫ ސިޓީ، ހިތަދޫ 11 ނަންބަރު ފުލެޓް ސަރަޙައްދުގައި
ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ
ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް
ރޭ ދަންވަރު 04:10 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް
ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް
ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ.
"މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން
ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:25 ހާއިރު"
އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަންވެސް
އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް