ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓެއް އަތުލައިގެންފި

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބޯޓުތައް ހިފަހައްޓާފައި ވ...

03 Feb 2026 | 06:27
ޑްރޯންގެ އެހީގައި އަތުލައިގަތް، ލަންކާގެ ދެ މަސްބޯޓު - ފޮޓޯ: އެމްއެންޑީއެފް

ޑްރޯންގެ އެހީގައި އަތުލައިގަތް، ލަންކާގެ ދެ މަސްބޯޓު - ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ

ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ

ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ބޯޓުތައް ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި،

އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި ސްރީލަންކާއަށް

ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ

ފެބުރުވަރީ 1ވަނަ ދުވަހުގެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި

ހަރަކާތްތެރިވަނިކޮށެވެ.

މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ

ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް