N/A
ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް
(ޕީއެންސީ) ގެ މެންބަރުންގެ ޢަދަދު 74 ހާހުން މައްޗަށް ގޮސްފިއެވެ.
މިކަން ހާމަވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން
މިރޭ ހާމަކުރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދާހަމައިގައެވެ.
2025 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ
އަދަދުތައް
1. ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ: 43,784
2. ޢަދާލަތު ޕާޓީ:
8,267
3. ޖުމްހޫރީ ޕާޓީ:
12,343
4. މޯލްޑިވްސް ޑިވެލޮޕްމަންޓް
އެލަޔަންސް: 9,686
5. މޯލްޑިވްސް ލޭބަރ
އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 1,710
6. ޕީޕަލްސް ނެޝަނަލް
ކޮންގްރެސް: 74,048
7. މޯލްޑިވްސް ނެޝަނަލް
ޕާޓީ: 5,133
8. ދަ ޑިމޮކްރެޓްސް:
2,952
9. ޕީޕަލްސް ނޭޝަނަލް
ފްރަންޓް: 3,012
މި ޢަދަދުތައް ހާމަކޮށް އީސީއިން ބުނެފައިވަނީ ކޮމިޝަނުން
ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ
އީ-ފާސް މެދުވެރިކޮށް މިކޮމިޝަނުގެ ޕޯޓަލް
"my.elections.gov.mv" އަށް ކަމަށާއި ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން
ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ހިދުމަތެއްދިނުމުގެ
ގޮތުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން
ރަޖިސްޓަރީކުރުން. ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން ސިޔާސީ ޕާޓީއަކުން،
އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުމަށް އަމަލުކުރަމުން
ގެންދާ އުސޫލުތައް މިހާރު ބަދަލުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް