ޝާހިދުގެ އައު އަހަރުގެ މެސެޖުގެ ތެރެއިން -
މި އަހަރަކީ ދިވެހި ރައްޔިތުންނާ އަނެއްކާވެސް ބައްދަލުކުރާ
ރަނުގެ ފުރުސަތެއްކަމަށާއި، މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިޤްތިޞާދު ނަގާ
ކޮޅަށްޖެހުމަށް ޢަޒުމު އާކުރާންވީ ވަގުތުކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައު އަހަރާއި ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރކަންވެސް
ކުރެއްވި ޝާހިދު، މީސްމީޑިއާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިއީ
ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ޙާލުގަ ޖެއްސުމަށް މި ސަރުކާރުން
ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަގުތުކަމަށެވެ.
އަދި މިއީ ހައްގުތަށް ކަށަވަރުކުރުމަށް ތެދުވަންވީ ވަގުތުކަމަށާއި، މިއީ ޑިމޮކްރަސީ
އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތުކަމަށެވެ. ހަމައެއެއާއެކު، މިއީ ދިވެހި ގައުމުގެ
ދިފާޢުގައި ބަހާއި ޢަމަލުން ސާބިތުވާންވީ ވަގުތުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އަދި މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ދޮގާއި، މަކަރާއި
ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ
ބުނެ، ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ
ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހެދުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ.
މިދިޔަ އަހަރު
އަހަރު ވެގެން މިދިޔައީ ދިވެހި ތާރީޚުވެސްދެކެފައި ނުވާފަދަ ކޮރަޕްޝަންގެ ބޮޑެތި
ޢަމަލުތައް ސަރުކާރުންހިންގި އަހަރެއްގެ ގޮތުގައިކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން
ޝާހިދު ނެންގެވި ބައެއް މިސާލުތަކަކީ، ޤާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިޢުލާން
ކުރުމަކާ ނުލާ، ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް
ބަހާލުމެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން
މިސަރުކާރުން މިވަނީ އާންމުކޮށްފިކަމަށާއި، ޤާނޫނު އަސާސީން ކަށަވަރު ކޮށްދިން ޢަދުލު
އިންސާފުގެނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މިސަރުކާރުން ނަގާލާފައިވާކަމަށްވެސް
ޝާހިދު ތުހުމަތުކުރެއްވިއެވެ. އަދި ޤާނޫނުއަސާސީއަށް ޣައިރު ގާނޫނީ ބަދަލުތައް ގެނެސް،
ނުޙައްގުން ފަނޑިޔާރުން މަޤާމުން ވަކިކޮށް، ރައްޔިތުންގެ މަޖިލިހުގެމެމްބަރުން އަޅުވެތިކޮށް،
މިނިވަން މުވައްސަސާތަކުގެ އިސް މަޤާމްތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް،
ދިވެހި ދަޢުލަތުގެ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ޕީ.އެން.ސީގެ ސަރުކާރުން ނެތިކޮށްލާފައިވާކަމަށާއި،
ނޫސްވެރިކަން ހިސޯރުކޮށް މިނިވަން މީޑިޔާގެ ފުރުސަތު ހަނިކޮށްފައިވާކަމަށް ވިދާޅުވެ،
ނިމިދިޔަ އަހަރު ސަރުކާރުން ކޮށްފައިވާ ކަންކަމަށް ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް