"ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕޭނުގެ ދަށުން ބޮޑު ފޯރަމެއް ބާއްވައިފި

ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު...

02 Dec 2025 | 10:14
N/A

N/A

ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ

އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ

"ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު ދޮގު

ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އިއްޔެ ބޮޑު ފޯރަމެއް ބާއްވައިފި އެވެ.

މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ

ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވި އެ ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ

ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ދާއިރާގެ ހަތަރު ތަޖުރިބާކާރުން ވަނީ ނޭނގި ފަތުރާ

ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް

ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ.

ދޮޅުގަޑިއިރަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި

ބައިވެރިވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން

(އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލް އާއި ވިމެން އިން ޓެކްގެ

ފައުންޑާ އާއިޝާ އަދުނާން އާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު

އަދި އައިކޮމްގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާ އެވެ.

ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ

ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމަކީ

މި ކެމްޕެއިނުގެ މައިގަނޑު މަގްސަދެވެ.

ޔުނިވާސިޓީގައި ބޭއްވި ފޯރަމް ޝަރަފުވެރިކޮށްދެއްވީ

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ފަދަ މުޖުތަމައުއެއްގައި

"ނޯ ކެޕްސް ޖަސްޓް ފެކްޓްސް"ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ, ރަނގަޅާ

ދިމާލަށް ދިއުމުގެ ފެށުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަގީގީ ހާދިސާއަކުން ލިބޭ ގެއްލުމަކަށް

ވުރެ ނޭނގި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވެދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ޒަމާންތަކެއް ކުރިން

100,000 މީހުންނަށް ވާހަކައެއް ހިއްސާކުރަން އަހަރު ދުވަސްނަގާނެ ކަމަށެވެ. ނަމަވެސް,

އެއް ސިކުންތުގެ ތެރޭގައި މިހާރު އެކަން ހާސިލްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުރިން އެއް ލައްކަ މީހުންނަށް ވާހަކަ

ސްޕްރެޑް ކުރަން ނަގާ އެއް އަހަރުގެ ތެރޭގައި އޭގެ ހަގީގަތް ހާމަކުރުމަށާއި އެ މައުލޫމާތު

ރަނގަޅުކުރުމަށާއި އެއަށް ޓެކުލް ކުރުމަށް ހަމަ އެބަ ލިބޭ އެއް އަހަރު ދުވަސް. މިހާރު

ޓެކުލްކުރަން އޭނާ އެ މައުލޫމާތު ލިބޭއިރު އޮންނަނީ ސްޕްރެޑްވެފައި." މިނިސްޓަރު

ވިދާޅުވި އެވެ.

ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހިވެފައި ވަނީ

ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ ހައްގުގެ ބޭނުން ޒިންމާދާރުކަމާއެކު

ބޭނުންކުރުމަށް ބާރުއަޅުއްވައިފަ އެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު

ވިދާޅުވީ ދުނިޔޭގައި ކަންކަން ބަދަލުވާ ވަރަކަށް ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކަށް

ވެސް ބަދަލު އަންނަން ޖެހޭ ކަމަށެވެ.

އެގޮތަށް, އެމްއެންޔޫގައި މީގެ ކުރިން ނޫސްވެރިން ތަމްރީނުކުރަމުން

ދިޔަ ކޯސް, ޖާނަލިޒަމް ކޯހަށް ބަދަލުތަކެއް ގެނެސް, އަލަށް މި ފެށި މީޑިއާ އެންޑް ޕަބްލިކް

ރިލޭޝަންސް ކޯހަކީ އެ އުސޫލުން ގެނައި ބަދަލެއް ކަމަށް ޑީން ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ އެ ބެޗުގެ ޑިގްރީއަށް މިހާރު ކިޔަވަމުން

އަންނަ ދަރިވަރުންނަކީ އެމްއެންޔޫގެ ތާރީހުގައި މުހިއްމު ސޮފުހާއެއްގައި ތިބި ދަރިވަރުންތަކެއް

ކަމަށެވެ.

ޔުނިވާސިޓީގައި ކިޔަވައިދޭ އެއްޗެހި ދަސްކޮށް, އަމަލީ

މައިދާނުގައި އެ ބޭނުންކޮށް އަދި އިތުރަށް މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ

ބޭނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ވެސް އެ ކޯހުގައި ކިޔަވައިދޭ ކޮމިއުނިކޭޝަން ކެމްޕެއިންގެ

ބައެކެވެ.

"ދަރިވަރުން އެ ކިޔަވާ އެއްޗެއްގެ އަމަލީ

ތަޖުރިބާ ވަރަށް ރަނގަޅަށް, މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކޮށްދޭން ކޮމިއުނިކޭޝަން

ކެމްޕެއިނެއް އެ ހިންގީ." އާސިމް ވިދާޅުވި އެވެ.

މި ފޯރަމްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު

ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ވަނީ ދީފަ އެވެ. އެ ލެޕްޓޮޕް ލިބުނީ އަހުމަދިއްޔާ

އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު 12 ގައި ކިޔަވަމުން އަންނަ ދަރިވަރު އައިޝަތު އަޒްހާ

އަހުމަދެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް