ހައްޔަރުކުރި އަހައްމަދު -
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް
ރައްޔިތެއްކަމަށްވާ އުމުރުން 31 އަހަރުގެ ޝަމީމް އަހައްމަދެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ
ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި އިއްޔެ ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ
އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް
ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން
ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކެއް
ފެނުމާ ގުޅިގެންނެވެ.
އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު
ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް