ބަލިތައް އިތުރުވާތީ ހޮސްޕިޓަލަށް ދާއިރު މާސްކު އަޅަން އޭޑީކޭއިން އިލްތިމާސް ކޮށްފި

ހޮސްޕިޓަލަށް ދާއިރު އާއި ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު މާސްކު އެޅުމަށް އޭޑީކޭ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު މާލެ ސަރަހައްދުގައި ހިމަބިއްސާއި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިން...

02 Jul 2026 | 13:36
މާލެ ސަރަހައްދުގައި ބަލިތައް ފެތުރޭތީ މާސްކު އެޅުމަށް އިލްތިމާސް ކުރޭ --

މާލެ ސަރަހައްދުގައި ބަލިތައް ފެތުރޭތީ މާސްކު އެޅުމަށް އިލްތިމާސް ކުރޭ --

ހޮސްޕިޓަލަށް ދާއިރު އާއި ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު މާސްކު އެޅުމަށް އޭޑީކޭ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުގައި ހިމަބިއްސާއި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ މާސްކު އެޅުމަކީ ބަލިމަޑުކަމުން އެހެން މީހުންނާއި ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ޚާއްޞަކޮށް ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މި ފިޔަވަޅު މުހިންމު ކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.

ހުން އައުމާއެކު ހަށިގަނޑުން ބިހި ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެނިއްޖެ ނަމަ ހޮސްޕިޓަލަށް ދިއުމުގެ ކުރިން 1440 ނަންބަރަށް ނުވަތަ ހޮޓްލައިން ނަންބަރު 7671440 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އޭޑީކޭއިން ވަނީ އިރުޝާދު ދީފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މި ދުވަސްވަރު އާންމު ހުމާއި ރޯގާ މާލެ ސަރަހައްދުގައި ވަރަށް ގިނަ އެވެ. އަދި ހިމަބިހީގެ ކޭސްތައް ދަނީ އެއް ހަފްތާއިން އަނެއް ހަފްތާއަށް ވަރަށް ގިނަ ވަމުންނެވެ.

މިދިޔަ ހަފްތާގައި އިތުރު44 މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވެ އެވެ. އޭގެ ކުރީ ހަފްތާގައި ބަލިޖެހިފައިވަނީ ދެ މީހުންނަށެވެ.

މިހާރުވެސް ހިމަބިއްސަށް 13 މީހަކު ފަރުވާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. ހިމަބިހި ފެތުރުން އިތުރުވެފައިވާތީ އެޗްޕީއޭއިން ވަނީ އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގްރާމެއްވެސް ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް