މި ދުވަސްވަރު އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދާތީ މިނިސްޓަރުގެ ކަންބޮޑުވުން!

މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި ތަޢުލީމީ ވަޒީރު ޝަފީއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިނިސްޓަރުގެ ކަންބޮޑުވުން ހިއްސާ ކުރެއްވީ ކީސްޓޭޖް-3ގެ 2025 ...

02 Jul 2026 | 12:54
މިނިސްޓަރު އަހުމަދު ޝަފީއު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރު

މިނިސްޓަރު އަހުމަދު ޝަފީއު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރު

މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި ތަޢުލީމީ ވަޒީރު ޝަފީއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރުގެ ކަންބޮޑުވުން ހިއްސާ ކުރެއްވީ ކީސްޓޭޖް-3ގެ 2025 ވަނަ އަހަރުގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާންޖެހޭ ކަމަށެވެ. ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށާއި ފިލާވަޅުތައް ގެއްލޭ ނަމަ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމަކީ ބެލެނިވެރިންނާއި މުދައްރިސުން އަދި އެންމެންގެ ލެވެލްގައި ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. މިއީ ވޯލްޑްކަޕް ދުވަސްވަރުކަން އެނގިވަޑައިގެންނަވާ ކަމަށާއި އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރުކުރާނެ ކަމެއް ކަމަށާއި އެކަން ތަކުރާރުވާ ނަމަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ހިތްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ބެލެނިވެރިންނަށާއި ޓީޗަރުންނަށް ވެސް ކުރިމަތިލާން އުނދަގޫވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން ވަކި އަދަދެއްގެ ކުދިން ސްކޫލަށް ނުދާ ނަމަ މިނިސްޓްރީއަށް ރިޕޯޓުކުރި ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިން ބަލަމުންދާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ ގޮތުން ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ބެލުމަށް މިދިޔަ މަހު ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކޮށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް