ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރު ހަދިޔާ ކުރަނީ

ރާއްޖެއިން ފަލަސްތީނަށް އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފި އެވެ. މިކަން އިއުލާނު ކުރެއްވީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އަންރާ ޕްލެޖިން ކޮންފަރ...

02 Jul 2026 | 09:10
ޑރ. އަލީ ނަސީރު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޑރ. އަލީ ނަސީރު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ފަލަސްތީނަށް އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އަންރާ ޕްލެޖިން ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ޢަލީ ނާޞިރު މުޙައްމަދެވެ.

މި ފައިސާ އަކީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް އަހަރީ ޙިއްޞާގެ ގޮތުގައި ރާޢްޖެއިން ދޭން ނިންމި އެހީއެކެވެ.

މި އަހަރުގެ ކޮންފަރެންސްގައި ޑރ. އަލީ ނަސީރު ދެއްވި ބަޔާނުގައި ވިދާޅުވީ އަންރާއަށް އެއްބާރުލުން ދިނުމަކީ ހަމައެކަނި ބަޖެޓާ ގުޅޭ ނިންމުމެއް ނޫން ކަމަށެވެ. އެއީ އެއް ޤައުމެއްގެ ރައްޔިތުންގެ ކަރާމާތް ޙިމާޔަތްކުރުމަށާއި ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމު ދެމެހެއްޓުމަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.

ސަފީރު ޑރ. ޢަލީ ނާޞިރު ވަނީ އަންރާގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ޖަމާޢަތާ ދެކޮޅަށް ކުރެވޭ ދޮގު ތުހުމަތުތަކަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި އަންރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައިވެ އެވެ.

މީގެ އިތުރުން އަބަދުވެސް ރާޢްޖެއިން ފަލަސްޠީނުގެ ރައްޔިތުންނާ އެކު އޮތް ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައިފައެވެ.

ދިވެހި ސަރުކާރުން 2024 ވަނަ އަހަރުވެސް އަންރާއަށް 50,000 އެމެރިކާ ޑޮލަރު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް