ވެނެޒުއެލާ ބިންހެލުމުގައި އިމާރާތެއްގެ ދަށުގައި މީހަކު ތާށިވެފައި އޮންނަތާ އަށް ދުވަސް!

ވެނެޒުއެލާއަށް އައި ދެ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮންނަތާ އަށް ދުވަސް ވެފައިވާ މީހަކު ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އެބަ ގެންދެއެވެ. މިދިޔަ ޖޫން 2...

02 Jul 2026 | 08:42
ވެނެޒުއޭލާއަށް އައި ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގައި ޓީމުތަކުން ހަރަކާތްތެރިވަނީ --

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގައި ޓީމުތަކުން ހަރަކާތްތެރިވަނީ --

ވެނެޒުއެލާއަށް އައި ދެ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮންނަތާ އަށް ދުވަސް ވެފައިވާ މީހަކު ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އެބަ ގެންދެއެވެ.

މިދިޔަ ޖޫން 24 ވަނަ ދުވަހު ކާރިސާ ހިނގި ކެޓިއާ ލާ މާރު ސަރަޙައްދުން ވެއްޓުނު ހަތް ބުރީގެ އިމާރާތެއްގެ ދަށުގައި ތާށިވެފައިވަނީ ޢުމުރުން 43 އަހަރުގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ ހެރުނާން ޚީލް އެވެ. 100 އަށްވުރެ ގިނަ މީހުން ހިމެނޭ ރެސްކިއު ޓީމުތަކުން ރެޔާ ދުވާލު މެދުނުކެނޑި ކުރަމުންދާ މަސައްކަތުން ބުރާސްފަތި ދުވަހު އޭނާއާ ހަމައަށް ވާސިލުވުމާ ގާތަށް ޖެހިފައިވެއެވެ.

މި ޓީމުގައި ހަތް ގައުމެއްގެ މެމްބަރުން ހިމެނެ އެވެ. އޭނާ އޮތް ހިސާބަށް ދެވުމަށް ގާތްވެފައި ވީނަމަވެސް އަދިވެސް އިމާރާތުގެ ދަށުން ހެރުނާން ނެގޭނެ ވަކި ދުވަހެއް ހާމައެއް ނުކުރެ އެވެ.

މި ބިންހެލުމުގައި މަދުވެގެން 2295 މީހުން މަރުވެ 11000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެނެޒުއެލާގެ ޤައުމީ އެސެމްބްލީގެ ރައީސް ހޮރެ ރޮޑްރީގެޒް ހާމަކޮށްފައިވެއެވެ. އެތައް ހާސް ބަޔަކު ގެއްލިފައިވާއިރު 50000 މީހުންގެ ޚަބަރެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން ގާތްގަނޑަކަށް 13000 މީހުން ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށް އދ. އިން އަންދާޒާ ކުރެ އެވެ.

ބިންހެލުންތަކާއި ގުޅިގެން ދިމާވެފައިވާ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ލާ ގުއައިރާ ސިޓީގައި ރައްޔިތުން ކާބޯތަކެއްޗާއި ފެން ހޯދަން ގަޑިއިރުތަކެއް ވަންދެން ކިއު ހަދަން ޖެހެ އެވެ. ގެދޮރު ވެއްޓުމުން ބައެއް ޢާއިލާތައް ޕާކިން ލޮޓުތަކުގައި ނިދަމުންދެ އެވެ.

ކާރިސާގެ ތެރޭ މަގުމަތީގައި އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ކައިރީގައި ހުރި އެއްޗެހި ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު ފުލުހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ ތިން މަސް ދުވަހަށް 500000 މީހުންނަށް ކާންދިނުމަށް 50 މިލިއަން ޑޮލަރުގެ އެހީއަށް އެދިފައެވެ. ޞިއްޙީ އޮފިޝަލުން ވަނީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ދީ ޤައުމުގެ ޚިދުމަތްތައް "އިންތިހާ ޕްރެޝަރެއް"ގެ ދަށުގައިވާ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް