ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ --
ސްރީލަންކާ އަކީ މެދު ފަންތިއަށްވުރެ މަތީ އާމްދަނީގެ އިޤުތިޞާދެއް އޮތް ގައުމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ރަސްމީކޮށް ކަނޑައަޅައިފިއެވެ.
އެ އިދާރާއިން މިހޮތަށް ކަނޑައެޅީ ޤައުމުތަކުގެ އާމްދަނީ ދަރަޖަކުރުމުގެ އެންމެ ފަހުގެ އަޕްޑޭޓުގައި އެވެ. އެގޮތަށް ރަސްމީކޮށް ކަނޑައެޅީ އިއްޔެ އެވެ.
ވޯލްޑް ބޭންކުގެ ޑިވެލޮޕްމެންޓް ޑޭޓާ ގްރޫޕުން އިޢުލާނުކުރި މި އާ ދަރަޖަ ކަނޑައެޅީ ބޮލަކަށް ޖެހޭ ޤައުމީ އާމްދަނީ (ޖީއެންއައި) ގެ ތަފާސް ހިސާބުތަކަށް ބިނާކޮށެވެ. މި ދަރަޖަ 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ދެމިއޮންނާނެއެވެ.
ވޯލްޑް ބޭންކުން ޤައުމުތައް ދަރަޖަކުރަނީ މަތީ އާމްދަނީ މެދުފަންތިއަށްވުރެ މަތީ އާމްދަނީ، މެދުފަންތިއަށްވުރެ ދަށް އާމްދަނީ އަދި ދަށް އާމްދަނީ މި ހަތަރު ގިންތިއަކަށެވެ.
2022 ވަނަ އަހަރު ސްރީލަންކާ އިޤުތިޞާދީ ބޮޑު ކާރިސާއަކާ ކުރިމަތިލިތާ އެންމެ ތިން އަހަރު ތެރޭގައި މި ކުރިއެރުން ހޯދުމަކީ އެ ޤައުމުގެ އިޤުތިޞާދު އަލުން ކޮޅަށް ޖެހެމުން އަންނަ ކަމުގެ ރަމްޒީ ހެއްކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ދުވަސްވަރު ސްރީލަންކާ ވަނީ ބޮޑު މާލީ ހަލަބޮލިކަމަކާއި ބޭރު ފައިސާގެ ތަދުކަމާއި އިޤުތިޞާދީ ކުރިއެރުން ބޮޑު ތަނުން މަޑުޖެހުމާ ކުރިމަތިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް