ބަންގްލަދޭޝްގެ ސިއްހީ ދާއިރާގެ މުވައްޒަފުން ހޯދުމަށް ދިވެހިރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފި

ބަންގްލަދޭޝްގެ ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން ރާއްޖެއަށް ގެނައުމަށް ދިވެހި ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަ...

02 Apr 2026 | 05:06
ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، އެ ގައުމުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ޝަމާ އޮބައިދުއާ ބައްދަލުކުރެއްވުމުގެ ތެރެއިން

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، އެ ގައުމުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ޝަމާ އޮބައިދުއާ ބައްދަލުކުރެއްވުމުގެ ތެރެއިން

ބަންގްލަދޭޝްގެ ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން

ރާއްޖެއަށް ގެނައުމަށް ދިވެހި ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިކަން

ހާމަކުރެއްވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ

ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، އެ ގައުމުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް

ޝާމާ އޮބައިދުއާއެކު ބޭއްވި އިހުތިރާމްގެ ބައްދަލުވުމެއްގައެވެ.

ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ

ދެމެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ

ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން ވިޔަފާރި، ސިއްހަތު، ތައުލީމު އަދި ދަތުރުފަތުރުގެ ދާއިރާއިން ގުޅުން

ބަދަހިކުރުމަށް ދެ ފަރާތުން ބާރުއެޅުއްވިއިރު، ދެ ގައުމުގެ ދެމެދުގައި

ބޭނުންނުކުރެވި ހުރި އިގްތިސާދީ ފުރުސަތުތައް ދެނެގަތުމަށް ވެސް ވަނީ

އެއްބަސްވެފައެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބައިދު ވަނީ

ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ރާއްޖެއިން ވަޒީފާގެ ފުރުސަތުތައް

ފަހިކޮށްދީފައިވާތީ އެކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އިތުރު ހުނަރުވެރި އަދި ސެމީ-ސްކިލްޑް މަސައްކަތްތެރިން ރާއްޖެއަށް

ގެންދިއުމާ މެދު ވިސްނުމަށް އެކަމަނާ އެދިވަޑައިގަތެވެ. މީގެ އިތުރުން ދެ ގައުމުގެ

ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރުކުރުމުގެ މުހިންމުކަން ވެސް

އެކަމަނާ ފާހަގަކުރެއްވިއެވެ.

ހައިކޮމިޝަނަރު ޝިއުނީން ރަޝީދު ވަނީ ރާއްޖޭގެ އިޖުތިމާއީ

އަދި އިގްތިސާދީ ތަރައްގީގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރާ މުހިންމު

ދައުރަށް ތައުރީފު ކުރައްވާފައެވެ. އަދި ހާއްސަކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ

ފަންނީ މީހުން ހޯދުމުގައި ބަންގްލަދޭޝްގެ އެހީތެރިކަމަށް ރާއްޖެއިން ބޭނުންވާކަން

އެކަމަނާ ތަކުރާރުކުރެއްވިއެވެ.

ސަރަހައްދީ

މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ރޮހިންޔާ މައްސަލައިގައި ދިވެހި

ސަރުކާރުން ދެމުންގެންދާ އެއްބާރުލުމަށްޓަކައި ސްޓޭޓް މިނިސްޓަރު ޝުކުރު

އަދާކުރެއްވިއެވެ. އަދި ސާކް (SAARC)

ޖަމިއްޔާ އަލުން ހަރަކާތްތެރިކުރުވުމަށް ބަންގްލަދޭޝްއިން

ކުރާ މަސައްކަތްތައް ކަށަވަރުކޮށްދެއްވައި، ސަރަހައްދީ އެއްބާރުލުން

ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ވެސް ވާހަކަދެއްކެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް