މާލޭ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

މާލޭގައި މީހުން ދިރިއުޅޭ ގެއެއް ކަމަށްވާ މއ. ރިމްލާސްގައި ރޭ ދަންވަރު ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ހާދި...

02 Mar 2026 | 06:08
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ -

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ -

މާލޭގައި މީހުން ދިރިއުޅޭ ގެއެއް ކަމަށްވާ މއ. ރިމްލާސްގައި ރޭ ދަންވަރު ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ދަންވަރު 03:06 ހާއިރު ލިބުމާ އެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ރޯވި އަލިފާން 04:12 ހާއިރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ގޭގެ އެކި ބައިތަކަށް ގެއްލުން ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް