ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރު - ދެ ދިވެހިންވެސް ފިލަން ދުވި ކަމަަށް ފުލުހުން ބުނޭ

ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ ދިވެހިން ފުލުހުން އެ ސަރަހައްދަށް ދިއުމުން ފިލަން ދުއ...

02 Mar 2026 | 05:59
ހައްޔަރުކޮށްފައިވާ ތިން މީހުން - ފޮޓޯ: ޕޮލިސް

ހައްޔަރުކޮށްފައިވާ ތިން މީހުން - ފޮޓޯ: ޕޮލިސް

ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ ދިވެހިން ފުލުހުން އެ ސަރަހައްދަށް ދިއުމުން ފިލަން ދުއްވައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ފެބުރުވަރީ 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން، 38އ، އާއި ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް، 29އ، އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް، 21އ، ކަމަށް ފުލުހުން ބުނެއެވެ. ރަންޖިނި ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި، ލޫޠު އާއި ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ކޯޓުން ނެރެފައިވާ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި މީހުން ގެސްޓްހައުސް އަކަށް ވަދެ ލަގެޖާ ހަވާލުވެފައިވާ ކަމާއި، ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްފައިވާ ކަމާއި، މަސްތުވާތަކެތީގެ ބަރުދަނުގައި 2.240 ކިލޯގްރާމް ހުރި ކަމާއި، ފުލުހުން އެ ސަރަހައްދަށް ދިއުމުން ފިލަން ދުއްވައިގެންފައިވާ ކަމުގެ ހެކި ހުށަހެޅިފައިވެއެވެ.

ބަންދު އަމުރުތަކުގައިވާ ގޮތުން، މި މައްސަލައިގައި ލޫޠު އިބްރާހީމް 15 ދުވަހަށް އަދި އަޙްމަދު ރިޝްމާހް ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ތިން މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތީގެ ޤާނޫނު (12/2016) ގެ 49 ވަނަ މާއްދާ އާއި 59 އަދި 60 ވަނަ މާއްދާގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް