100 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފީމު: އެމްއެމްއޭ

100 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފިއެވެ. މިކަން ހާމަކޮށް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފައިވަނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކ...

02 Feb 2026 | 11:09
N/A

N/A

100 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފިއެވެ.

މިކަން ހާމަކޮށް މިއަދު މޯލްޑިވްސް މަނިޓަރީ

އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފައިވަނީ އެ އޮތޯރިޓީން ނެރެފައިވާ ރަން

ދިހަފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް

މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާކަމަށެވެ.

ނަމަވެސް ގެނައި އަދަދު އެމްއެމްއޭއިން ހާމަކޮށްފައެއް

ނުވެއެވެ.

ސްޓޮކް މަދުވުމުން ބޭރުން ޗާޕުކޮށްގެން ސްޓޮކް ގެނައުމަކީ

އަބަދުވެސް ކުރާ ކަމެކެވެ.

ރަންދިހަފަހެއް ނޫޓު ސީރީޒް އެމްއެމްއޭއިން

ތައާރަފްކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޒަމާނުއްސުރެ

ބޭނުންކުރަމުންދިޔަ ކަރުދާސް ނޫޓު ދޫކޮށްލައި ޕޮލިމާ ކަރުދާހުގައި އައު ޑިޒައިނަކާއެކު

ނެރުނު ނޫޓު ސީރީޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް