ތިން ދާއިރާއަކުން ސަރުކާރަށް ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ތިން ކޮމިޓީއެއް އެކުލަވައިލަނީ – ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ތިން ދާއިރާއަކުން ސަރުކާރަށް ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ތިން ކޮމިޓީއެއް އެކުލަވައިލަން ނިންމާ، އެ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން އިއްޔެ ހުޅުވާލައިފިއެވެ. އެކުލަވާލެއްވުމަށް ނިނ...

02 Feb 2026 | 05:00
ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއް - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއް - ފޮޓޯ: ރައީސް އޮފީސް

ތިން ދާއިރާއަކުން ސަރުކާރަށް ފަންނީ ލަފަޔާއި

މަޝްވަރާ ދިނުމަށް ތިން ކޮމިޓީއެއް އެކުލަވައިލަން ނިންމާ، އެ ކޮމިޓީތަކަށް

ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން އިއްޔެ ހުޅުވާލައިފިއެވެ.

އެކުލަވާލެއްވުމަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ

ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް

"ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،" އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި

ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ

ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި

ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އެވެ.

ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ހުޅުވާލައްވާފައިވަނީ، 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މެންބަރުކަމުގެ

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި،

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން

12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް

އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނޭ ކަމަށާއި އަދި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވޭނެކަމުގައިވެސް އެ

އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް