ސިފަ އޮޅުވާލައިގެން ފުރަން ގޮސް ހުއްޓާ ސަނީ ހައްޔަރުކޮށްފި

ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ. ސަނީ އުމަރު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސިފަ އޮޅުވާލައިގެން ހުރެ ޤައުމު ދޫކޮށް ދާން މަސައްކަތްކުރަމުންދަނިކޮށް އެއާޕޯޓުން...

01 Dec 2025 | 17:13
N/A

N/A

ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ. ސަނީ އުމަރު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ސިފަ އޮޅުވާލައިގެން ހުރެ ޤައުމު ދޫކޮށް ދާން މަސައްކަތްކުރަމުންދަނިކޮށް އެއާޕޯޓުންނެެވެ. ސިފަ އޮޅުވާލުމުގެ ގޮތުން އޭނާ ހުރީ މާސްކަކާއި ތޮތްޕެއް އަޅައިގެންނެވެ.

އެ ތުހުމަތު އޭނާގެ މައްޗަށް މީސް މީޑިއާގައި އުފުލަމުންދަނިކޮށް އޭނާ ފުރަތަމަ ފުރައިގެން ދިޔައީ އިންޑިއާއަށެވެ.

އެއަށްފަހު މިއަދު ރާއްޖެ އައެވެ. ރާއްޖެ އައުމާއެކު ސުވާލު ކުރުމަށް ފުލުހުން ގެންދިޔައެވެ. އޭރު ހައްޔަރު ކުރިކަމަކަށް ނުބުނެއެވެ.

ނަމަވެސް ސުވާލުކުރަމުންދާކަމަަށް ފުލުހުން އޭރުވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް